ސަރުކާރުން ވިޔަފާރިކުރާ ނަމަ ޓެކްސް ނެގުން ހުއްޓާލާ: އިބްރާ
ދެންމެ | 21 ޖުލައި 2022

ސަރުކާރުން ވިޔަފާރިތަކަށް ވަންނަން ބޭނުންވާނަމަ ރައްޔިތުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަންޖެހޭ ކަަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވިދާޅުވީ ރައްޔިތުންގެ އަތުން ޓެކްސް ނަގާނަމަ ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލަންޖެހޭ ކަަމަށެވެ. އަދި ރައްޔިތުންނަށް ވިޔަފާރި އާއި މަސައްކަތް ކުރެވޭނެގޮތް ހަދަންވީ ކަމަށް އިބްރާ ވިދާޅުވިއެވެ.

”ސަރުކާރުން ކޮންމެވެސް އެއްގޮތަކަށް މިކަން ނިއްމަންވެއްޖެ.“ އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމްކޮރަސީ ގެނައުމަށް ހިންގި އިސްލާހީ ހަރަކާތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ އިބްރާ މީގެ ކުރިން ވިދާޅުވީ ދައުލަތް ހިންގަންޖެހޭނީ ސަރުކާރުން ވިޔަފާރި ކޮށްގެން ނޫން ކަމަށެވެ. ދައުލަތް ހިންގަން އާމްދަނީ ހޯދަންވާނީ ޓެކްސް ނަގައިގެން ކަމަށާއި ދައުލަތް ހިންގަންޖެހޭނީ އާންމު ވިޔަފާރިތައް ހުއްޓުވައި ސަރުކާރުން ވިޔަފާރިކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!