ޔޯގާ އަކީ ސިރުކެއް ނޫން: ރައީސް ނަސީދު
ދެންމެ | 26 ޖުލައި 2022

ޔޯގާ ހެދުމަކީ ޝިރުކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ދެންމެ ކުރެއްވި ޓުވީޓެއްގައެވެ.

”ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް، ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި“ އެމަނިކުފާނު ވިދާޅުވިއެވެ.

ޔޯގާއި ގުޅޭ ގޮތުން އަދާލަތު ޕާޓީގެ އިލްމްވެރިން ވެސް ވަނީ ބަޔާނެއް އިއްޔެ ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!