ނާޒިމް ސައްތާރުގެ ބަންދަށް 7 ދުވަސް ޖަހައިފި
ދެންމެ | 29 ޖުލައި 2022

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި، ހައްޔަރުކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ނާޒިމް ހައްޔަރު ކޮށްފައިވަނީ އިއްޔެ، އއ. ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ. ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ 7 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ނާޒިމްގެ ބަންދާމެދު ގޮތެއް ނިއްމުމަށް ބޭއްވި އަޑުއެހުން ކޯޓުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެެވެ.

ނާޒިމް ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ނާޒިމް ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަލަމްގީރު އާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!