55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފި
ދެންމެ | 04 އޯގަސްޓް 2022

ރާއްޖޭގެ އުތުރާ މެދުރާއްޖެތެރެއަށް 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

އެ އިދާރާއިން މިރޭ ނެރުނު އެލަރޓް ނޯޓިސްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށާ، އެގޮތުން މިރޭގެ 7:00 އިން 11:00 އާއި ދެމެދު، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!