މަޖިލީހުގެ ޖަލްސާތައް 18 ގައި ފަށަނީ.
ދެންމެ | 10 އޯގަސްޓް 2022
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

މެންބަރުން މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ވަޑައިގަންނަވާފައިވަނީ މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމެވުމަށްފަހުއެވެ. އޭގެ ތެރޭގައި 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނަށްވެސް ވަނީ މުހިންމު އިސްލާހުތަކެއް ގެންނަވާފައެވެ.

މިދިޔަ ދައުރުގެ ތެރޭގައި 8 ބިލާއި 2 ޤަރާރާއި ސަރުކާރުގެ ފަރާތުން ހުށައެޅި 3 މައްސަލައާއި ރިޔާސަތުން ހުށަހެޅި 1 މައްސަލަ އާއި މެންބަރުން ހުށައެޅި 5 މައްސަލަ އާއި އެހެނިހެން 6 މައްސަލައެއް މަޖިލީހުން ވަނީ ނިންމާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!