އަންނަ އަހަރުގެ ބަޖެޓްގެ ހުރިހާ ވެސް ކަމަކީ ރައީސްގެ ވައުދުތައް ފުއްދުން: އަމީރު
ދެންމެ | 31 އޮކްޓޯބަރ 2022

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވައުދުތައް ފުއްދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ހިނގަމުން މިދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ބަޖެޓް، ފިނޭންސް މިނިސްޓަރު އިބްރާހީމް މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ރައީސްގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދު ފުއްދުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ އިންގިލާބީ ބަދަލުތައް އަންނަ ކަމުގެ އިހުސާސް ރައްޔިތުންނާ ގާތް ކޮށްދިނުން ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި އެތައް ކަމެއް ހައްލު ކުރުމަށް ވައުދުވެގެން ކަމަށާއި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު. ދެހާސް ތޭވީސް އާ ހަމައަށް މި ދަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވި ބޮޑެތި ގޮންޖެހުންތައް ގިރާ ކުރަމުން، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެމުން،

އަމީރު އިތުރަށް ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ ކޮވިޑް-19 އިން އަރައިގަތުމަށް ފަހު ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓު ކަމަށާއި ނަމަވެސް ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ. އެންމެ އިސްކަމެއް ދޭނީ ގޮންޖެހުންތައް ގިރާކޮށް އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ހިފެހެއްޓުމަށް ކަމަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!