ތުލުސްދޫ ކައުންސިލް 45000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ދެންމެ | 11 އޯގަސްޓް 2022

މާލެ އަތޮޅު ތުލުސްދޫގައި ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދާތީ، އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ(އީފީއޭ) އިން، އެ ރަށު ކައުންސިލު 45،000 ރުފިޔާއިން ޖޫރިމާނާކޮށްފި އެވެ.

ތުލުސްދޫ ކައުންސިލު 45،000 ރުފިޔާއިން ޖޫރިމަނާކުރުމާއިއެކު، އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށާއި، 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އެ އެޖެންސީއަށް ހުށަހެޅުމަށްވެސް އީޕީއޭއިން ވަނީ، ކައުންސިލަށް އަންގާފަ އެވެ.

އަދި ކުނިމެނޭޖުކުރުމުގެ ގަވާއިދާއި ހިލާފަށް، ތުލުސްދޫގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމާއިއެކު، ތިމާވެށި ރައްކާތެރިކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ބޯލަބެމަށްވެސް އެ ކައުންސިލަށް ވަނީ އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!