ދިވެހި ނޫސްތަކުގެ ހަބަރު ވިއްކާ މައްސަލަ ޕޮލިހަށް ހުށަހަޅަން ނިންމައިފި
ދެންމެ | 11 އޯގަސްޓް 2022
ހުއްދަ ނެތި ދިވެހި ނޫސްތަކުގައި ހުންނަ ލިޔުންތަކާއި ހަބަރުތައް ބަޔަކު އޮންލައިންކޮށް ވިއްކާ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

ހުއްދަ ނެތި ދިވެހި ނޫސްތަކުގައި ހުންނަ ލިޔުންތަކާއި ހަބަރުތައް އޮންލައިންކޮށް ވިއްކަމުންދަނީ ”މީސް މީޑިއާ“ ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖާއި ވެބްސައިޓަކުންނެވެ.

މީޑިއާ ކައުންސިލުން ބުނީ ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާ މައްސަލަ ޕޮލިހަށް ހުށަހަޅަން ނިންމި ކައުންސިލުގެ އަމިއްލަ އިސް ނެގުމަށް އެ މައްސަލަ ބެލުމަށްފަހުކަމަށެވެ.

”މީސްމީޑިއާ“ގެ ނަމުގައި މި ވެބްސައިޓް ހިންގާ ފަރާތްތަކުން ގެންދަނީ ނޫސްތަކުގެ ލިޔުންތަކުގެ ކުޑަ ތަންކޮޅެއް ފެންނަ ގޮތް ހަދާފައި، އިތުރަށް ކިޔާލަން ފައިސާ ދައްކަންޖެހޭ ގޮތަށް ބޭނުންކުރަމުންނެވެ. މިގޮތުން އެ ވެބްސައިޓުން ހަބަރު ނުވަތަ ލިޔުންތައް ކިޔާލަން މަހަކަށް 30 ރުފިޔާ ދައްކަންޖެހެއެވެ.

2010 ވަނަ އަހަރު އަމަލުކުރަން ފެށި ކޮޕީރައިޓާއި ގުޅޭ ގާނޫނުގެ ދަށުން މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލިދާނެއެވެ. އަދި މިކުށުގެ އަދަބެއްގެ ގޮތުން 50,000ރ. އާއި 300,000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!