މާލޭގެ މަގުމަތިން ދިޔަ މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފި
ދެންމެ | 15 އޯގަސްޓް 2022

މާލޭގެ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން، ހެނދުނު 09:40 ހާއިރު ދިލްބަހާރު މަގުން ސައިކަލެއްގައި އައި ދެ މީހުން، އެމަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަންނަ މަންޒަރު ފެނިގެންދެ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެން މައްސަލަ ހެނދުނު 10:08 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ދައުރުވަމުން އަންނަ ވީޑިއޯގައި ސައިކަލުގައި އިން ދެ މީހުން ސާފުކޮށް ވަކިކުރަން އެނގެ އެވެ. އެހެންނަމަވެސް ފުލުހުން ބުނީ އަދި މިހާތަނަށް މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި ނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!