އަންނަ އަހަރުގެ ދިވެހި އަސްކަރީ ބަޖެޓަށް 2.8 ބިލިއަން ކަނޑައަޅައިފި
ދެންމެ | 31 އޮކްޓޯބަރ 2025

އަންނަ އަހަރުގެ ބަޖެޓުން އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، މިލިޓަރީ ކަންކަމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ބަޖެޓުގައި އޮތް ވަރަށް ވުރެ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެފަދަ ކަންކަމަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ.

މިލިޓަރީ ހަރަކާތްތަކުގެ އިތުރުން ފުލުހުންގެ ދިފާއީ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ 42 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރަށް ވުރެ ހަތް މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އަސްކަރީ ބަޖެޓުގެ ތެރެއިން ދިފާއީ ކަންކަން ބެލެހެއްޓުމަށް ވަނީ 247 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މިއީ މި އަހަރުގެ އެ ވުރެ 161 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރުގެ ބަޖެޓުގައި، ދިފާއީ ކަންކަން ބެލެހެއްޓުމަށް 86 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ، އަންނަ އަހަރު ދިފާއީ ކަންކަން ބެލެހެއްޓުމަށް ކުރާ ހޭދަ ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ. ދިފާއީ ކަންކަން ބެލެހެއްޓުމަށް މިދިޔަ އަހަރު އޮތީ 16 ބިލިއަން ރުފިޔާ އެވެ. ވޭތުވެދިޔަ ދެ އަހަރުން ދިފާއީ ކަންކަމުގެ ބަޖެޓު ވަނީ ގާތްގަނޑަކަށް 15 ގުނަ އިތުރުވެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގައުމީ ދިފާއީ ބާރުގެ ބަޖެޓުން ލޮޖިސްޓިކްސް ސަޕޯޓު ހިދުމަތްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މިލިޓަރީ ބަޖެޓުން އެންމެ ބޮޑު ހޭދަ އެވެ. ކޮމްބެޓް އެންޑް މެނޫވާ ފޯސަސްއަށް 910 މިލިއަން ރުފިޔާ ހޭދަކުރާ އިރު ކޮމްބެޓަންޓް ކޮމާންޑްސްއަށް 79 މިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. މިއަހަރުގެ ބަޖެޓާ އަޅާ ބަލާ އިރު އެ ތިން ބަޔަށް ޑިފެންސް ބަޖެޓުން ކުރާ ހޭދަވެސް ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރުވެފަ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން އެއް ފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!