ނަސީދު ޖެހޭނީ ސައިޒުގަ ހުންނަން، ގޮތް ނިންމާނީ މެމްބަރުން: ރައީސް ސޯލިހް
ދެންމެ | 20 އޯގަސްޓް 2022

އެމްޑީޕީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޭން ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޑުން ހުންނަވައި ޕާޓީއާ އެކު ކުރިޔަށް ވަޑަައިގަންނަވަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށް ދާ އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ރިޔާސީ ނިޒާމުގައި ތިބެ ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީ އަށް ފަހި މުސްތަގުބަލެއް އޮތީ ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންގްރެސްއަކީ ޕާޓީގެ އެންމެ ބޮޑު އެއްވުން ކަމަށާއި އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކާ މެދު ކިތަންމެ ނުގަބޫލު ވިޔަސް އެކީގައި ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ.

”މިސާލަކަށް އަޅުގަނޑު ކެނޑިޑޭޓަކަށް ވީމަ ރައީސް ނަޝީދު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، މަޑުން ހުންނަވާނީ. އެކަމަކު ޕާޓީ ކުރިޔަށް ދާން ވާނެ،“ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!