އާގު ބޯޓަކުން ހާލު ބޮޑު ފަޅުވެރިއަކު ސިފައިން ރާއްޖެ ގެނެސްފި
ދެންމެ | 21 އޯގަސްޓް 2022

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް އިއްޔެގެ 15:13 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންޓެއިނަރު ޝިޕު އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ކޮންޓެއިނަރު ޝިޕުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު 17:05 ހާއިރު ވަނީ ގެންގޮސްދީފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!