އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އިސްތިއުފާ ދެއްވައިފި
ދެންމެ | 24 އޯގަސްޓް 2022

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ސުހައިލް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބެނީ އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން އެޗްޑީސީންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު އެޗްޑީސީގެ އެމްޑީކަމާއި ހަވާލުވެ މިއަދު އިސްތިއުފާ ދެއްވި ސުހެއިލް އެމަގާމު ވަނީ 2012 އިން 2015 އަށްވެސް އަދާކޮށްފައެވެ.

ސުހެއިލް އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ އިސްތަރުޖަމާން މަބްރޫކް އަޒީޒްވެސް ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ.

އަނބިކަަބަލުންނާއިއެކު ތައިލެންޑުގައި ޗުއްޓީގައި ހުންނަވާ މަބްރޫކް އިސްތިއުފާގެ ސިޓީ އިއްޔެ ރައީސް ސޯލިހަށް ފޮނުވާފައިވާއިރު، އޭނާ އިސްތިއުފާ ދެެއްވި ސަބަބެއްވެސް ސާފެއް ނުވެއެވެ. ނަމަވެސް އެމަގާމަށް ވަރަށް އަވަހަށް ބޭފުޅަކު ހަމަޖެހޭނެ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ.

އޭގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މުހައްމަދު މިއުވާން ވެސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!