ފާޑުކިޔަސް މާލޭ ބޭފުޅުންނާއި ރާއްޖެތެރޭ މީހުންނާއި ތަފާތުކުރާނަން: އަސްލަމް
ދެންމެ | 24 އޯގަސްޓް 2022

މާލޭގެ މަދުބަޔަކަށް މާލެ އަތޮޅުން ހިއްކާ ކޮންމެ ފަޅަކުން ހިލޭ ގޯތި ދިނުމުގައި ރާއްޖެތެރެއިން މާލޭގައި ވަޒަންވެރި ރައްޔިތުންނާމެދު ތަފާތުކުރާނެކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓަރ އަސްލަމް ޤާނޫނު އަސާސީއަށް ގޮންޖައްސަވައިފިއެވެ.

އެގޮތުން މިފަދަ އެޕަރތައިޑް ސިޔާސަތެއްގައި އޭނާ ދެމިހުރި ބައިވަރު ސަބަބުތަކެއް ދައްކަވަމުން ޒަމާނުއްސުރެ ރާއްޖޭގައި ގޯތި ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން މާލޭގެ މީހުން ބާކީވެފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީ ޤައުމީ މަޖިލިސްގައި ވަނީ ދޮގު ހަދާފައެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެކަމެވެ. ނަމަވެސް މާލެ ސަރަހައްދުގައި ހުރިހާ ވަސީލަތަކާއި، ތަޢުލީމާއި އަދި ވަޒީފާ ޖަމާކޮށްފައި އޮތުމުގެ ސަބަބުން، މާލެ ދޫކޮށް އެެހެންރަށްރަށަށް ދިރިއުޅެންދަނީ މަދު މީހެކެވެ.

ވުމާއެކު ރަށްރަށުގައި ގޯތި ދޫކުރާއިރު އެ ރަށެއްގެ ދިރިއުޅޭ މީހުންނަށް އިސްކަންދޭ އުސޫލުން މާލޭގައި ވަޒަންވެރި އުޅޭ ރައްޔިތުންނަށް އެރަށްތަކުން ގެދޮރު ނުލިބުމަކީ އިންސާފެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން މިހާރުވެސް ގެދޮރު ދޫކުރެވެނީ ހައުސިންގ މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށްވާއިރު، އުސޫލުގެ ބޭރުން މިފަދަ ކަމެއް ހިނގާއިރު މިކަން ނުހުއްޓުވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާނުކުރެވުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!