މިސަރުކާރު ދަނބިދޫ ބަލައިގެންފައިވާ ކަމަށް ކައުންސިލުން ބުނެފި
ދެންމެ | 26 އޯގަސްޓް 2022

ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމަށް ހައްދުންމަތީ ދަނބިދޫ ކައުންސިލުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ލ. ދަނބިދޫ ކައުންސިލުން މިއަދު ވަނީ ބައްދަލު ކުރަށްވާފައެވެ. މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ރައީސާއި ވަނީ މަޝްވަރާ ކުރަށްވާފައެެވެ.

މިބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުގެ މެމްބަރުން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައި ތިއްބާ މި ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމަށެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް