2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނަން: އަދުރޭ
ދެންމެ | 26 އޯގަސްޓް 2022

ގިރާ ކުރަންޖެހުނު ކޮންމެ ހުރަހެއް ކެރިގެން ގިރާކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ގެންނާނަންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް ވިދާޅުވީ 2023 ގައި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި މަސައްކަތްކުރާއިރު، ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލާނަންކަމަަށާއި އަދި ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނީ ހަސަދަވެރިންނަށް ބެލުމެއްނެތި ވަރަށް ކެރިހުރެ ސާބިތުކަމާއިއެކުކަމަށެވެ.

ޓުވީޓުގައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނަންކަމަށް ވިދާޅުވެފައެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ ރަސްމީކޯށް ރައީސް ޔާމީން އާއި ހަވާލުކުރައްވާފައެވެ. ރައީސް ޔާމީންގެ އަތްޕުޅަށް ރިޠާސީ ޓިކެޓު އެރުއްވީވެސް އަބްދުލްރަހީމުގެ އަތްޕުޅު “ހަވާލޭ ވަތަން” ނަމުގައި ޕީޕީއެމްގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!