އެގޮތުން، ތިމަންނާއަކީ ދީނީ އިލްމުވެރިއެއްތޯ ނިންމަނީ އަމިއްލައަށްތޯ، މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ ”މަންޒަރަށް“ ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނަސް އެއީ ދީނީ އިލްމްވެރިއަކަށް ވޭތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.
”އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމްވެރިއެއްތޯ. ކޮންމެވެސް ޔުނިވަރސިޓީއަކުން އެއްއަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެެއީ ދީނީ އިލްމްވެރިއަކަށްވީތޯ؟ އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ،“ މައުމޫނު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ދީނީ އިލްމުވެރިއަކަށް ވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން ދީނީ ތައުލީމު ހާސިލުކޮށްގެން ހުރި މީހެއް ކަމަށެވެ.