ފުޅާ ކޯލިޝަން ޗޮކުން ގޮސް، އިބޫގެ މިސްރާބު ޑރ. ވަހީދުގެ 5 ޕަސެންޓަށް
ދެންމެ | 31 މާރޗް 2023

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވައްޓާލީ ބަގާވާތަކުން ކަމަށް ދެކޭ ރައްޔިތުން އިންތިހާއަށް ގިނަ އެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިހާބާއި ވެރިކަމުގައި ހުރެ ޑރ. ވަހީދު ކުރިމަތި ލެއްވީ ވަރަށް ވެސް ފޮނި އުންމީދާއި ކުލަ ހުވަފެންތަކަކާއި އެކުގަ އެވެ. އެހެންނަމަވެސް ޑރ. ވަހީދު ދިވެހި ތާރީހް ބަދަލުކޮށްލެއްވި އެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިހާބާއި ކުޑަ ތަން ވެފައިވީ އިރުވެސް ޑރ. ވަހީދުގެ ފުޅާ ކޯލިޝަން އޮތީ ފަތު އަޑުކިޔާފަ އެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު، ރައީސް ސޯލިހަށް ލިބިފައި މިވަނީ ހަމަ އެއްލަޑެކެވެ. އަރިހްގައި ތިއްބެވި އެންމެ ބޭފުޅުން ބަޗައިފި އެވެ. ރައީސް ސޯލިހް އެކަނިވެރި ވެއްޖެ އެވެ.

އިއްޔެ މެންދުރާއި ހަމައަށް ޖޭޕީގެ ލީޑަރ ގާސިމް ހުންނެވީ ރައީސް ސޯލިހާއި އެކު ފުޅާ ކޯލިޝަނުގަ އެވެ. އެހެންނަމަވެސް ވަހީދަށް ދިން ފަދަ ދޯކާއެއް ދީފި އެވެ. ރައީސް މައުމޫން ވެސް ބަޗައިފި އެވެ. ދެން ހުރީ އަދާލަތު ޕާޓީ އެކަންޏެވެ. ޑރ. ވަހީދު ފުޅާ ކޯލިޝަނުން ވެސް އެންމެ ފަހުން ބެޗި ބަޔަކީ އަދާލަތު ޕާޓީ އެވެ.

އިއްޔެ އާއި މިއަދު ތަފާތެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު ޑރ. ވަހީދުގެ ޓީމާއި މިއަދު އިބޫގެ ޓީމާ ތަފާތެއް ނެތެވެ. ކުރުކޮށް ބުނާ ނަމަ އިބޫ ކައިރީގައި ތިބީ ޑީއާރުޕީ ޓީމެވެ.

މިއަދު ކަށަވަރުވެ ޔަގީންވާ ކަމަކީ ރައީސް ސޯލިހް ޗޮކުން ގޮސްފި ކަމެވެ. ރައީސް ސޯލިހަށް ރަގަޅަށް ވެސް ރެވިއްޖެ ކަމެވެ. އަރިހްގައި ތިއްބެވި ގިނަ ބޭފުޅުން އެމަނިކުފާން ދޫކުރައްވައި ދުރަށް ދުއްވައިގެންފި ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންގެ މިއަދު ވެސް ބަޗާފާނެ ކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ހަމަ ރަގަޅަށް ވެސް ރައީސް ސޯލިހް ގޮތް ހުސް ވެއްޖެ އެވެ.

ވިޔަފާރިވެރިން ރުޅި އަރައިފި އެވެ. ވިޔަފާރި ޓެކްސް ބޮޑު ކޮށްފި އެވެ.  އާއްމް ރައްޔިތުންގެ ޓެކްސް ބޮޑު ކޮށްފި އެވެ. ގައުމު ދަރުވާލައިފި އެވެ. ރައީސް ސޯލިހް ހަތަރު އަގޮޅިއަކަށް ފެތިއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!