ޝިއާއުގެ ޕޯސްޓްމޯޓަމް ނަތީޖާ ލިބިއްޖެ
ދެންމެ | 04 ސެޕްޓެމްބަރ 2022

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިދިޔަ މަހުގެ 17 ގައި ލިބިފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލުތައް އަދިވެސް ކުރެވެމުންދާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާގެ މަރާއި ގުޅިގެން ޢަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!