މިއީ ފިނިހަކަ ސަރުކާރު: ރައީސް ނަސީދު
ދެންމެ | 04 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކަންބޮޑުވުންހުރި ކިތަންމެކަމެއް އެބަހުރި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްފައިންގައި ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ “ސްލޯ” ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށެވެ.

މިހަތަރު އަހަރުގެ ތެރޭގައި ފުވައްމުލަކު ރައްޔިތުން ސަރުކާރަށް އަދި އެމްޑީޕީއަށް ހުރިހާ އެއްޗެއްވެސް ދިންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލައް ސިޓީ ރައްޔިތުން 2018 ގެ ރިޔާސީ އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައިދިންކަމަށެވެ. އަދި ފުއްމުލަކުގެ މަޖިލިސް ގޮނޑިތަކާއި ކައުންސިލްގެ މެޖޯރިޓީވެސް އެމްޑީޕީއަށް ރައްޔިތުން ދިންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކުގައިވެސް މަޝްރޫއުތައް ކުރިއަށްދާކަމަށާއި އެހެންނަމަވެސް ޓޫރިސްޓް އެނދު ފުވައްމުލަކުގައި އިތުރުކުރުމަށް ވި ވައުދާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށެވެ. އަދި ދަނޑުވެރިކަމުގެ ލެބޯޓްރީއެއް ގާއިމުކުރުމަށްވެސް ވައުދުވެ އެކަންވެސް ނުވެ އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ މި ސަރުކާރު ކުރިއަށް ދަނީ މާ ސްލޯކޮށް ފިނިހަކަ ދުވެލީގައިކަމަށް ވިދާޅުވެފައެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީ ދަންނަކަމެއް ނޫންކަމަށެވެ،

ގުޅުންހުރި ލިޔުންތައް