ލިވާތެއް ނުކުޅެ، އަލަމްގިރި ކުރިމަތި ފަރާތް ބޮއެ، ކިސް ކުރިކަމަށް ނާޒިމް އިއުތިރާފް ވެއްޖެ
ދެންމެ | 11 ސެޕްޓެމްބަރ 2022

އަލަމްގީރް މައްސަލައިގާ ދައުލަތުން ނާޒިމް ސައްތާރުގެ މައްޗަށް އުފުލާ ދައުވާއަށް އޭނާ އިއުތިރާފު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ކޮށްފައިވާ އެ ދައުވާގައި އޮތީ އަލަމްގިރާއެކު ނާޒިމް ލިވާތު ކުރިކަމަކަށް ނޫނެވެ.

އެ ދައުވާގައި އޮތީ އަލަމްގީރް އަދި ނާޒިމްވެސް ދެމީހުން ކިސްކޮށް އެކަކު އަނެކެއްގެ ކުރިމަތިފަރާތް ބުއި ކަމަށެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ގުޅުންހުރި ލިޔުންތައް