އަޅުގަނޑަކީ އަސްލު ދޮން މީހެއް، ޑިމޮކްރަސީއަށް މަސައްކަތް ކޮށްކޮށް މުޅިން ކަޅުވެއްޖެ: ޖާބިރު
ދެންމެ | 14 ސެޕްޓެމްބަރ 2022

ޑިމޮކްރަސީއަށް މަސައްކަތްކޮށްކޮށް ކަޅު ވެއްޖެ ކަމަށް ކާށިދޫ ދާއިރާ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ ބުރަކޮށް މަސައްކަތް ކުރާ މީހުން ކަޅުވާނެ ކަމަށާއި އެއީ ހޭން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މޮޅެތި ބިލްތައް ހުށަހަޅާ މަޖިލީހަށް ހޮވޭ ގޮތް ހަނި ކުރަމުންދާ އިރު ހޮވިވަޑައިގަތުމުން މަޖިލީހަށް ވަޑައިވެސް ނުގަންނަވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ވިދި ވިދިގެން ދެ ދުވަހު މަޖިލީހަށް ހާޒިރު ނުވެއްޖެ ނަމަ މަޖިލީހުން މެމްބަރުކަމުން ވަކި ކުރަން ޖެހޭ ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!