މަޖިލީހުން ސައީދުގެ ޔޫކޭ ޓިކެޓަށް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފި
ދެންމެ | 19 ސެޕްޓެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އިގިރޭސިވިލާތަށް ކުރެއްވި ދަތުރެއްގެ ޓިކެޓަށް ލައްކައެއްހާ ރުފިޔާ މަޖިލީހުން ހަރަދުކޮށްފިއެވެ.

މެންބަރު ސައީދުގެ މި ދަތުރުގެ ތަފްސީލެއް ނުލިބުނެއެވެ. އެހެންނަމަވެސް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުން އެނގޭ ގޮތުގައި އިގިރޭސިވިލާތަށް މެންބަރު ސައީދު ކުރެއްވި ދަތުރުގެ ޓިކެޓަށް 97377.30 ރުފިޔާ މަޖިލީހުން ހަރަދުކޮށްފައިވެއެވެ. މި ޓިކެޓަށް މަޖިލީހުން ހަރަދުކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ.

ސައީދުގެ ޓިކެޓަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވެފައިވާއިރު، ސައީދު ހުށަހަޅުއްވާފައިވާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ސަރުކާރަށް ގޮވާލާ ގަރާރުގެ މަސައްކަތް މިހާރުވަނީ ވޯޓަށް އެހުމާ ހިސާބަށް ގޮސްފައެވެ. މިއަދުގެ މަޖިލީހުގައި ވޯޓަށް އެހުމަށް ހުރި ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް އޮތީ މާވަށު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މި ގަރާރު ބަލައިގަތުމާމެދު ވޯޓަށް އެހުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!