ޕްރިޔަންކާ ލައިގެން ހުރި ޖަންގިޔާ ބަލަން ބޭނުން ވެގެން އަހައިފި
ދެންމެ | 24 މެއި 2023

ހޮލީވުޑްގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް ބޮލީވުޑް ފިލްމް އިންޑަސްޓްރީ ތެރޭގައި ދިމާވި އިތުރު ކަމެއްގެ ވާހަކަ ހިއްސާ ކޮށްފިއެވެ.

ދަ ޒޮއި ރިޕޯޓް އާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، އޭނާ ފިލްމް ސެޓްގެ ސީނެއްގައި، ލައިގެން ހުރި ޖަންގިޔާ ބަލަން ޑައިރެކްޓަރަކު އެދުމުން، އެ ފިލްމް އޭނާ ދޫކޮށްލި ކަަމަށެވެ.

ޕްރިޔަންކާ ވަނީ އެ ތަޖުރިބާ އަކީ އިންސާނިއްޔަތާ ހިލާފު ތަޖުރިބާއެއް ކަމަށް ސިފަކޮށްފައެވެ. އަދި އެކަން ކުރަން ބޭނުން ނުވެގެން، އެ ފިލްމްގައި ދެ ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު ޕްރޮޑަކްޝަން ހައުސްއަށް ފައިސާ ދެއްކި ކަމަށް އޭނާ ބުންޏެވެ.

އެއީ ކޮން ފިލްމެއްކަން ޕްރިޔަންކާ ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް 2002 ނޫނީ 2003 ވަނަ އަހަރު ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އެއީ ޕްރިޔަންކާ އެކްޓިންގގެ ދާއިރާއަށް ނުކުންނަން ތައްްޔާރުވަމުން ދިޔަ ދުވަސްވަރެވެ.

އޭނާ ވަނީ އެކަން ހިނގާދިޔަ ގޮތްވެސް ތަފްސީލުކޮށް ކިޔާދީފައެވެ. އަދި ޕްރިޔަންކާ ޖަންގިޔާ އެގޮތަށް ނުދައްކާނަަ ފިލްމް ބަލަން ބަޔަކު ނާންނާނެ ކަމަށްވެސް ބުނި ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެެ.

މިއާއެކު ބައްޕަގެ ލަފާގެ މަތިން ޕްރިޔަންކާ ވަނީ ދެ ދުވަސް ފަހުން އެ ޕްރޮޖެކްޓް ދޫކޮށް، ޕްރޮޑަކްޝަން ހައުސްއިން އޭނާއަށް ކުރި ހަރަދު އަނބުރާ ދައްކާފައެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ”ސިޓަޑެލް“ އާއި ”ލަވް އެގެއިން“ އިންނެވެ. އޭނާ ބޮލީވުޑަށް އެނބުރި އަންނާނީ ފަރްހާން އަޚްތަރުގެ ”ޖީ ލޭ ޒާރާ“ އިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!