އަހަރެން މިހުރީ ޗައިނާގެ ރައީސްގެ ގައިގާ ބައްދާލާ، ކޮލަށް ދޮނެއް ދޭހިތުން: ޓްރަމްޕް
ދެންމެ | 19 އޭޕްރިލް 2026

ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ވަރަށް ވިސްނޭ، ގަރުދަނާ މީހެއް ކަމަށާއި މިހުރީ ޝީ ޖިންޕިންއެާއި ދިމާކޮށް އޭނާގެ ގައިގަ ބައްދާލާ ކޮލުގައި ލޯބިން ދޮނެ ނަގާހިތުންކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނަށް ހަތިޔާރު ސަޕްލައި ނުކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށާއި އެއީ ޗައިނާއިން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ސްޓްރެއިޓް އޮފް ހޯމޫޒް ދާއިމީކޮށް ހުޅުވާލުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު ޗައިނާއިން އޮތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންއާ ބައްދަލުވެވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބައްދާލާ ކޮލަށް ލޯބިން ދޮނެއް ނިނުމަށް ވެސް ތައްޔާރަށްހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު އެތަނަށް (ޗައިނާ) އަށް ދިއުމުން ރައީސް ޝީ އަޅުގަނޑުގެ ގައިގައި ވަރަށް ބާރަށް ބައްދާލާނެ، އަދި އަޅުގަނޑުވެސް ބާރަށް ބައްދާލާނަން، ކޮލުގަ ދޮނެއް ވެސް ދޭނަން” ޓްރަމްޕް ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށާއި އެމެރިކާ-ޗައިނާގެ ގުޅުމަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޗައިނާ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!