އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ދެންމެ | 03 މެއި 2026

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެޕްރީލް 22 ވަނަ ދުވަހުން މި މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

ޗެއާޕާސަން ކަމަށް ހުޅުވާލުމުން ހުށަަހެޅި ފޯމުތައް ޕާޓީގެ އިންތިހާބާއިބެހޭ ކޮމިޓީން ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތައް ކަމުގައި ކޮމިޓީން ކަނޑައެޅި ފަރާތްތަކުގެ ނަންތައް ކެންޑިޑޭޓު ނަންބަރާއެކު އެމްޑީޕީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުން
ކެންޑިޑޭޓު ނަންބަރު: 1- މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ
ކެންޑިޑޭޓް ނަންބަރު: 2- އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ
ކެންޑިޑޭޓް ނަންބަރު: 3- މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ/މާލެ
އެމްޑީޕީގެ ޗެއާޕާސަން އިންްތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 12 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!