ކާށިދޫ ކަނޑަށް އަޑިއަށް ދިޔަ ބޯޓުގެ ފަޅުވެރިއަކު ނިޔާ ވެއްޖެ
ދެންމެ | 02 އޮކްޓޯބަރ 2022

އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި 7 މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މިބޯޓް ބަންޑުން ޖަހާލީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެ ބޯޓުގައި ތިބި 7 މީހުންގެ ތެރެއިން ނިޔާވީ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު އުމުރުން 59 އަހަރުގެ ފިރިހެނެކެވެ.

އައިޖީއެމްއެޗުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު މާލެއަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔައީ މޫސުމް ގޯސްވެގެންކަމަށެވެ. މި ބޯޓް އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލުން ބޭރުންނެވެ.

މި ބޯޓް އަޑިއަށް ގޮސް، އެބޯޓުން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް މާލެ ގެނެސްފައިވަނީ ”އެމްވީ ބަރަދުވާޖް“ ނަމަކަށް ކިޔާ ބޯޓަކުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ އިއްޔެ 10:30 ހާއިރުއެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!