އިބޫ އާއި މާރިޔާގެ ވަހުސީ އޮޅުލައި ބަގުޑިލުން އިޔާޒާއި ޒައިދަށް ވެސް ވަރިހަމަ!
ދެންމެ | 30 ޖެނުއަރީ 2023

އިބޫ އާއި މާރިޔާގެ ވަހުސީ އޮޅުލައި ބަގުޑިލުން އަދާލަތު ޕާޓީގެ އިޔާޒާއި އޭނާގެ އެންމެ ގާތް ޒައިދަށް ވެސް ކަމުގޮސް ބޮޑު ވަރިހަމަ ވެއްޖެ އެވެ.

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް އުފާ ފާޅުކުރުމަށް ރައީސް އިބޫ އެމްޑީޕީ ހަރުގެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާރިޔާ ތަހްނިޔާ ދެންނެވީ ވަހުސީ އޮޅުލުމަކުންނެވެ.

ރައީސް ސޯލިހާއި އެމްޑީޕީގެ ގިނަ އަދަދެއް ސަޕޯޓަރުން ކުރިމަތީ މާލޭ މަގުމަތީ ބާލިގުވެފައިވާ ދެ މީހުން އެހާ އިސްގީ ހޫނު ގޮތަކަށް އޮޅުލާ ބެއްދައި ބަގުޑިލުމުން އެ ސަރަހައްދުގައި ތިބި މީހުން ތިބީ ސޮނިވެއްޓިފަ އެވެ.

ސޯސިއަލް މީޑިޔާގައި އާއްމުވެފައިވާ ފޮޓޯ އާއި ވީޑިޔޯއިން ފެންނަ ގޮތުގައި މި އޮޅުލުމަކީ އަލަށް އޮޅުލާ ބައްދާފައިވާ ބެއްދުމެއް ނޫން ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!