އެމްވީ ކުރައިސިސްގެ ރިޔާސީ ޕޯލުން ވެސް ގާސިމް އަތުން ބަލިވެ، އިބޫއަށް ރެވިއްޖެ
ދެންމެ | 31 މާރޗް 2023

މަސްހޫރު ސޯސިއަލް މީޑިޔާ ޕްލެޓް ފޯމް އެމްވީ ކުރައިސިސް އިން ނެނގި ރިޔާސީ ޕޯލުން ވެސް ޖޭޕީ ލީޑަރ ގާސިމް އިބްރާހިމް އަތުން ބަލިވެ ރައީސް އިބޫއަށް ރަގަޅަށް ރެވިއްޖެ އެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރުމާއި އެކު ނެނގި ޕޯލުން ރައީސް އިބޫގެ މައްޗައް ގާސިމް ކުރި ހޯއްދަވާފައި ވަނީ 61 ޕަސެންޓުން ނެވެ.

ރިޔާސީ ކެޑިޑޭޓުންގެ މަގުބޫލުކަން ބެލުމަށް ނެގުނު ޕޯލް ނަނގާފައި ވަނީ އޮޅުވާނުލެވޭ ޓެލެގްރާމްގަ އެވެ. ޕޯލުގައި ވޯޓުލީ 3938 މީހުންގެ ތެރެއިން %61 މީހުންގެ ތާއިދު ގާސިމް ވަނީހޯދާފައިއެވެ.

އަދި ރައީސް އިބޫ އަށް ލިބިފައިވަނީ %39 މީހުންގެ ވޯޓްއެވެ.

ޕޯލްގެ ނަތީޖާ އަށް ބަލާއިރު ރައްޔިތުންގެ ތާއީދު ހޯދުމަށް ރައީސް އިބޫ އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވަނީ ފާހަގަކުރެވިފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!