އެމެރިކާއާއި އީރާނާ ދެމެދު ޤާއިމުކުރި ތާރީޚީ ސުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތަކަށް ހަދާފައިވާ ހަރުކަށި ބްލޮކޭޑް ވަގުތުން އުވާލައިފިއެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ބައި އަދާކޮށްގެން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިހާރު ވަނީ އީރާނުގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދުން ބާރަައަށްވުރެ ގިނަ ބޮޑެތި މުދާއުފުލާ ބޯޓުފަހަރު ދަތުރުކުރުމުގެ ހުއްދަ ދީފައެވެ.
މި ފިޔަވަޅާއެކު ދުނިޔޭގެ އެންމެ މުހިންމު ތެޔޮ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ރޭ އެކަނިވެސް 12.5 މިލިއަން ފީފާގެ ތެޔޮ ވަނީ ބޭރުކޮށްފައެވެ. މިއީ މިއަހަރުގެ ފެބުރުވަރީ މަހު ދެ ޤައުމުގެ މެދުގައި ބޮޑު ހަނގުރާމަ ފެށުނުފަހުން އެންމެ ގިނައިން ތެޔޮ ދަތުރުކުރި ރެއެވެ.
ބާޒާރަށް ކުއްލިއަކަށް ތެޔޮ އިތުރުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފާއިތުވި މަސްތަކުގައި ނުދާވަރަށް 79 ޑޮލަރަށްވުރެ ދަށަށް ވެއްޓިފައެވެ. މިއީ ބައިނަލްއަޤްވާމީ މުދާ އުފުލުމުގެ ޚަރަދުތައް ކުޑަވެ، އިޤްތިޞާދީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.



