ހާބަރު ފްޑްކޯޓްތަކުން ދޮން ކަނބުލޮއިންނާއިއެކު 27 ބިދޭސީން ހައްޔަރު ކޮށްފި
ދެންމެ | 06 ޖުލައި 2026

މާފަންނު ހާބަރު ފުޑް ކޯޓުން 27 ބީދޭސީން ހައްޔަރުކޮށްފިކަމަށް އިމްގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ޓާސްކް ފޯސްއިން ރޭ ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ އަހަރު ވެގެންދާނީ، ބަޔޮމެޓްރިކްސް ނުދީ ފިލައިގެން އުޅޭ ބިދޭސީން ތިބި ތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށްކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވައިދަށް ފެއްތުމަށް ކުރިޔަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ތެރެއިން މިހާތަނަށް 62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ކުރިން ވިދާޅުވެފައެވެ. އަދި މިހާތަނަށް ޕިންގާ ޕްރިންޓް ނަގާ މައުލޫމާތު އެއްކުރި ބިދޭސީންގެ އަދަދު 206،000 އަރާފައިވާކަމަށާއި ފިންގަޕްރިންޓް ނުދީ އަދިވެސް 2،933 މީހަކު އެބަ ތިއްބިކަމަށާއި އެއީ ކޮން ބައެއްކަންވެސް ދެނެގަނެވިފައިވާކަމަށް އިހްސާން ކުރިން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!