އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އަރިސް، އެމެރިކާގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ސެނެޓަރު ލިންޑްސޭ ގްރަހަމް އަވަހާރަވެއްޖެ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ ކެޕިޓަލް ހިލްގައި ހުންނަ ގްރަހަމްގެ އޮފީހުގައި ހާޓް އެޓޭކެއް ޖެހިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ އެކު ކުއްލި ހާލަތްތަކުގައި އެހީތެރިވާ ފަރާތްތަކުން އެ ތަނަށް ދިޔަ އެވެ.
އޭނާ އަވަހާރަވީ ދާދި ފަހުން ޔޫކްރެއިނަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ވަޑައިގެން، އެންބީސީގެ ”މީޓް ދަ ޕްރެސް“ ޕްރޮގްރާމަށް މިއަދު އަރާވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.
އޭނާ ޔޫކްރެއިން ދަތުރުގެ ތެރެއިން ސެކިއުރިޓީ ކޮމްޕްރަމައިކޮށް އީރާނުގެ ޖާސޫސުން ވަނީ ކާނާއަށް ވިހަލައިފައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއަށް މިހާރު ކަށަވަރު ކުރެވިފަ އެވެ.
އޭނާ ވަނީ އަސްކަރިއްޔާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ހަތަރު އަހަރު ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ރިޒާވެއްގެ ގޮތުގައި ކާނަލްގެ މަގާމާ ހަމައަށް 2015 ވަނަ އަހަރާ ހަމައަށް ހިދުމަތްކުރައްވައި، އަސްކަރީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ގްރޭމްގެ ސިޔާސީ ހަޔާތަށް ބަލާއިރު، ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އޭނާ އިންތިހާބުވެ ވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ. އެއަށްފަހު 2003 ވަނަ އަހަރުން ފެށިގެން އޭނާ ހިދުމަތްކުރެއްވީ ސެނެޓްގެ މެންބަރެއްގެ ގޮތުގައެވެ.
ގްރަހަމްއަކީ ޔޫކްރެއިންގެ ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަން އެ ގައުމަށް ފޯރުކޮށްދިނުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަށް ރައީސް ޓްރަމްޕަށް ބާރު އެޅުއްވުމުގައިވެސް އޭނާ އަދާކުރެއްވި ދައުރަށް މީޑިއާގެ ސަމާލުކަން ލިބިފައި ވެއެވެ.



