އީރާނުން ބާބް އަލް-މަންދަބު ކަނޑުއޮޅި ބަންދު ކުރަން ހޫތީނަށް އެންގުމުން ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެކަމުގެ އިންޒާރު ދީފި
ދެންމެ | 16 ޖުލައި 2026

އެމެރީކާއިން އީރާނުގެ ހަކަތައިގެ ނެޓްވޯކްއަށް ހަމަލާއެއް ދީފިނަމަ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބް އަލް-މަންދަބު ބަންދު ކުރަން، އީރާނުން ޔަމަނުގެ ހޫތީންނަށް އަންގައިފިއެވެ.

ބާބް އަލް-މަންދަބަކީ ރަތް ކަނޑާއި ޢަދަން ކަނޑު ގުޅައިދޭ މައި ކަނޑުއޮޅިއެވެ. މިއީ ރަތް ކަނޑާއި އޭޑެން ގަލްފާއި އިތުރުކޮށް އިންޑިއާ ކަނޑު ގުޅުވާލަދޭ މުހިންމު މަގެކެވެ.

މީގެ ކުރިންވެސް އީރާން ވަނީ މި ކަނޑުއޮޅި ބަންދު ކުރާނެ އިންޒާރު ދީފައެވެ.

 

މިގޮތުން

އީރާނުގެ އިސްލާމީކް ރިވެލިއުޝަނަރީ ގާޑު (އައިއާރްޖީސީ) ބުނީ، އެމެރިކާގެ ގަމަލާތައް ހުއްޓައިނުލައިފި ނަމަ، އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ފައިދާވާ ހުރިހާ މަގެއް ބަންދުކުރާނެ ކަމަށެވެ. އަދި ހޫތީންވެސް ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މިކަމާއި ގުޅިގެން މާހިރުން ވަނީ ތެލުގެ އަގު ބޮޑުވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިގޮތުން ތެލުގެ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.

އެމެރިކާއާއި އީރާނުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އަލުން ހަނގުރާމަ ވަނީ ފަށާފައެވެ. އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުތަކަށް އީރާނުން ހަމަލާތައް ދިން ކަމަށް ބުނެއެވެ.

އެމެރިކާއިން ރޭވެސް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މިހާތަނަށް އެމެރިކާއިން އީރާނަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، ހަމަލާތަކުގައި އީރާނުގެ ސިފައިންގެ 7 މީހުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!