ހުރްމޫޒަށް ވަންނަން އުޅުނު އެމެރިކާގެ 7 ބޯޓަކަށް އީރާނުން ހަމަލާދީ ގޮއްވާލައިފި
ދެންމެ | 16 ޖުލައި 2026

ދުނިޔޭގެ ބާޒާރަށް ތެޔޮ އެކްސްޕޯޓު ކުރުމުގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އަށް ވަންނަން އުޅުނު އެމެރިކާ އާއި ގުޅުންހުރި ވިޔަފާރި ކުރާ 7 ކާގޯ ބޯޓަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އާއި ހަވާލާދީ މެދުއިރުމަތީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދީފައި ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދީ އިމާއި ހިލާފަށް އެމެރިކާގެ މަސްލަހަތު ހިމެނޭ އުޅަނދުތަކެއް ދަތުރުކުރަން އުޅުމާއި ގުޅިގެންނެވެ. ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުގައި އުފައްދާފައިވާ ”ކަމިކާޒޭ“ ޑްރޯންތަކާއި، ކަނޑުއަޑިން ދަތުރުކުރާ ޑްރޯންތަކުގެ އިތުރުން ދިފާއީ މިސައިލްތަކެވެ.

މި ހަމަލާތަކުގައި އެމެރިކާގެ ކޮމާރޝަލް 7 ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭގެ ތެރެއިން ބައެއް ބޯޓުތައް ވަނީ ދަތުރު ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ބައެއް ބޯޓުތަކުގައި ބޮޑެތި ގޮވުންތައް ގޮވައި ރޯވެފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ.

މި މަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް ވަނީ 25 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ ބޮޑު މާލީ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!