ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން، މިދިޔަ ޖޫން މަހު ދައުވާ ކުރަން ހުށަހެޅި މައްސަލަތައް އޭގެ ކުރީ މަހަށްވުރެ އިތުރު ވެއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހު އެއޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ، 59.4 އިންސައްތަ އިތުރުވެފައެވެ. ޖޫން މަހު 228 މައްސަލަ ބަލައިގަނެފައިވާއިރު، މެއި މަހު އެއޮފީހުން ބަލައިގަނެފައިވަނީ 143 މައްސަލައެވެ.
ޕީޖީ އޮފީހުން ދައުވާކުރަން ނިންމައި މިދިޔަ މަހު ކޯޓަށް 265 މައްސަލަ ހުށަހަޅާފައެވެ. އެއޮފީހުން މެއި މަހު ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ، 263 މައްސަލަ ކަމަށް ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ، ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ޕީޖީ އޮފީހުން ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ލަފާދީފައިވެއެވެ. މިއީ، 52.7 އިންސައްތަ އިތުރުވުމެކެވެ.



