އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު
ދެންމެ | 01 އޮކްޓޯބަރ 2022

އަންނަ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެކަން ޢިއުލާންކޮށްފައި ވަނީ، 14 އޯގަސްޓް 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 07/2022 ނަންބަރު ދެންނެވުމުގައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން، އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވުމުން ކަމަށެވެ.

އޭގެ އިތުރުން މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!