ގާސިމްގެ ރަނިން މޭޓްކަށް ހޯދުމަށް ޝާހިދު ސިއްރު މަސްވަރާތަކެއް ފަށައިފި
ދެންމެ | 31 މާރޗް 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓްކަން ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދަށް ދޭން ސިއްރު މަސްވަރާތަކެއް ފަށައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދަށް ރަނިން މޭޓްކަން ދިނުމަށް ރައީސް ނަސީދު ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ގާސިމްގެ އަރިސް އޮފިސަލަކު ވިދާޅުވީ ގާސިމްގެ ރަނިން މޭޓްކަން ދިނުމުގެ މަސްވަރާތަކުގެ އިސްކޮށް ހަރަކާތްތެރިވަމުން ދަނީ އިސްމާއިލް ސުޖާ (ކާޓިއުސް އިއްމަ) ކަމަށެވެ.

“ މިހާރު ސާހިދާއި އެކު ޕްރޮޑެކްޓިވް ބައްދަލުވުންތަކެއް ވަނީ ބޭއްވިފައި. ސާހިދު ވެސް ގަބޫލުފުޅު ކުރައްވާ އިބޫއަށް އިންތިހާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށް.“ އޮފިސަލް ވިދާޅުވި އެވެ.

އޮފިސަލް ވިދާޅުވީ އިބޫގެ އަރިހްގައި ފައްޔާޒުގެ ނުފޫޒު މާ ބޮޑަށް ގަދަވެފައި ވުމުން ޝާހިދަށް ވެސް ފުރިހަމައަށް މަސައްކަތް ކުރެއްވުމަށް އިންތިހާއަށް ދަތުވެފައިވާ ކަމަށެވެ.

ރައީސް ސޯލިހްގެ ފެކްސަނުގެ ތެރޭގައި ހާޖާނު އިންތިހާއަށް ބޮޑުވެފައިވާ އިރު ރަނިން މޭޓްކަން ސާހިދަށް ދިނުމަށް ފައްޔާޒު ވަނީ ސީދާ ދެކޮޅު ހައްދަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!