އީރާނުން އުފައްދާ ބެލިސްޓިކް މިސައިލްތަކަކީ ދުނިޔޭގެ އެއްވެސް އަސްކަރީ ބާރަކަށް ޖޭމްކޮށް، މަގުން ކައްސާލައި ނުވަތަ ވައިގެ ދިފާއީ ނިޒާމުތަކުން ހުއްޓުވޭނެ އެއްޗެއް ނޫންކަން ހާމަވެ، އެމެރިކާ އާއި މުޅި ހުޅަނގުގެ އަސްކަރީ މާހިރުން އަޖައިބުވެ އަންތަރީސް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އީރާނުގެ ބެލިސްޓިކް މިސައިލެއްގެ ވޯހެޑެއް ހުޅަނގަށް ވަނީ ފެނިފައެވެ. އެއިން އީރާނުގެ މިސައިލް ސިނާޢަތް ދުނިޔޭގެ އެންމެ ކުރީ ސަފަށް އަރާފައިވާކަމުގެ ސައްހަ ހެކިތައް ފެންނާން ހުއްޓެވެ.
އީރާނުގެ މިސައިލްތަކުގައި ވަނީ އިލެކްޓްރޯނިކް ހަމަލާތަކުން ސަލާމަތްވުމުގެ އެންމެ ފަހުގެ ޒަމާނީ އެންޓި-ޖޭމިންގ ޓެކްނޮލޮޖީ ހަރުކޮށްފައެވެ.
އީރާނުގެ މިސައިލްތަކުގައި ހަރުކޮށްފައިވާ ވަރުގަދަ ނިޒާމުގެ ސަބަބުން، ދުޝްމަނުންގެ ރާޑަރުތަކަށް ނުވެސް އަރަނީއެވެ. އަދި ލޭޒާ އާއި އިލެކްޓްރޯނިކް ހަމަލާތައްވެސް ނާރަނީއެވެ. އެފަދަ ހަމަލާތަކެއް އެކްޓިވް ކޮށްފައި ހުއްޓަސް އެއަށް ރެކިގަނެގެން ގޮސް، އެ ބޭނުންވާ ސީދާ ޕޮއިންޓަށް އީރާނުގެ މިސައިލް ގޮސް ހަމަލާ ދެއެވެ.
މި ޓެކްނޮލޮޖީގެ އެންމެ ނުރައްކާތެރި ސިފައަކީ، މިއީ ހަމައެކަނި އެމެރިކާގެ ޖީޕީއެސް ސިގްނަލަށް ބިނާވާ އެއްޗަކަށް ނުވުމެވެ. ރަޝިޔާ އަދި ޗައިނާގެ ސެޓެލައިޓް ނިޒާމުތައް އެއްފަހަރާ ބޭނުންކުރުމުގެ ގާބިލުކަން ވެސް މީގައިވެ އެވެ. އީރާނުގެ މިސައިލް ހުއްޓުވޭނީ މަދުވެގެން 5 އިލެކްޓްރޯނިކް ޖޭމިންގ ސިސްޓަމް އެއްފަހަރާ ކޯޑިނޭޓްކޮށްގެން ވަރުގަދަ ހަމަލާއެއް ދީގެންނެވެ. މިއީ ދުނިޔޭގެ އެއްވެސް ބަޔަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫންކަމުން، އީރާނުގެ ބެލިސްޓިކް މިސައިލްތަކަކީ އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ، ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުކަން މިއަދު މިވަނީ ކަށަވަރުވެފައެވެ.



