ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގުގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އެތަނުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެެެއް ހިނގައިފިއެވެ.
މިހާރު މީސް މިޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އެ ކާރު ގޮސް ސޯލާޕެނަލްތަކުގައި ޖެހިފައިވާ މަންޒަރެވެ. މިގޮތުން އެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، ކާރުގެ ބައިތައްވެސް ނެއްޓި އެ ސަރަހައްދަށް ވެއްޓިފައި ހުރި މަންޒަރު ފެނެއެވެ. އަދި ސޯލާޕެނަލްތަކަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، ކާރުވެސް އޮތީ ފުރޮޅާލައިފައެވެ.
މިއީ ރާއްޖޭގައި އޮތް އެންމެ އަގުބޮޑު އެއް ކާރެވެ. މި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ލަމްބޯގިނީ ރިވެލްޓޯގެ މި ކާރުގެ އަގު ޑިއުޓީ އާއި ފްރެއިޓް ލައިގެން ގާތްގަނޑަކަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.



