ހދ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި
ދެންމެ | 06 އޮކްޓޯބަރ 2022

ހދ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތް ފަށައިފިއެވެ.

މިފަހަރުގެ މުބާރާތުގައި 12 ރަށަކުން ޖުމްލަ 130 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 35 ދަރިވަރުން ނުބަލައި ކިޔުމުގެ ގޮފީގައި ބައިވެރިވެފައިވާއިރު، ބަލައިގެން ކިޔުމުގެ ގޮފީގައި 95 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުށި ސިޓީން މިފަހަރުގެ މުބާރާތުގައި ބައިވެރިފައެއް ނުވެއެވެ. ކުޅުދުއްފުށިން ބައިވެރިވެފައިނުވަނީ، ކުޅުދުއްފުށީގެ 3 ސްކޫލަށް ވަކިން ގައުމީ މުބާރާތަށް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާތީކަމަށް، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ހާމަކޮށްފައިވެއެވެ.

މި މުބާރާތް ކުރިޔަށްދަނީ ހދ. ނޮޅިވަރަމުގައެވެ. މުބާރާތުގެ ބައިވެރިންނަށް، ނޮޅިވަރަމުންވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!