ހިންމަފުށީ ބަނދަރު ދެވަނަ ފިޔަވަހީ މަސައްކަތް ނިމިއްޖެ
ދެންމެ | 07 އޮކްޓޯބަރ 2022

ސަރުކާރުން ކ. ހިންމަފުށީގެ ބަނދަރު ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ އެމްޓީސީސީން މިއަދު ބުނީ މި މަސައްކަތް ނިމިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށާއި މަޝްރޫއުގެ ދަށުން، 19،895 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 9900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން އަދި 15 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވާ ކަމަށެވެ.

މީގެ އިތުރުން 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މިހާރުގެ ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން އަދި އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހަދާފައިވާ ކަމަށް އެމްޓީސީން ބުނެއެވެ. އަދި 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން އަދި މޫރިން ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މި މަޝްރޫއުގެ އަގަކީ 30.5 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!