މެންކުގެ ދަރުސް އޮންނާތީ ޔޮހާނީގެ ޝޯ ފަސްކޮށްފި
ދެންމެ | 13 އޮކްޓޯބަރ 2022

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދެއްވާ ދަރުސް އޮންނަ ރެއާއި ދިމާވާތީ، ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޕާފޯމްކުރާ ޝޯ ފަސްކުރަން ނިންމައިފިއެވެ.

ޝޯ އިންތިޒާމު ކުރާ ބައިސްކޯފުން މިރޭ ބުނެފައިވަނީ ބޮޑު އެހެންކަމެއް ހަމަ އެ ރޭ އޮންނާތީ “ޗަނާޗާ2022” 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކުރަން ނިންމާފައިވާކަމަށެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން މެންކްގެ ދަރުސް ބާއްވަނީ 28 އޮކްޓޯބަރު 2022 ވާ ހުކުރު ދުވަހުގެ ރޭ މާލޭގައެވެ. ހަމަ އެވަގުތު ޔޮހާނީ އަދި ދިވެހި ގިނަ އަދަދެއްގެ ފަންނާނުންގެ ހުނަރު ފެނިގެންދާނެ “ޗަނާޗާ ޝޯ” ހުޅުމާލޭގައި ބާއްވަގޮތަށް އޭރު އޮތީ ރާވާފައެވެ.

މުފްތީ މެންކުގެ ދަރުސް އޮންނާތީ ޔޯހާނީ ބައިވެރިވާ ޝޯ ފަސްކޮށްފައި މިވަނީ ޝޯއާއި ދަރުސް އެއް ރެއެއްގައި ބާއްވާތީ ގިނަބަޔަކު އެކަމަށް ފާޑުކިޔަމުން ދަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް