ރާއްޖޭގައި ކަޅު ފައިސާގެ މައްސަލަތައް ހިނގާ: ސާމިލް
ދެންމެ | 14 އޮކްޓޯބަރ 2022

ރާއްޖޭގައި މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، ރާއްޖޭގައިވެސް މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާކަމާއި މިފަދަ މައްސަލަތައް މަދުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އާދަމް ޝާމިލްގެ ވާހަކައިގައި ވަނީ މަނީ ލޯންޑްރިންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި، ތަހުގީގުކުރާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވައި ދައްކަވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ ގުޅިގެން އޮކްޓޯބަރ 9 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކޮރަޕްޝަނަކީ ކޮބައިކަމާއި، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ކޮރަޕްޝަން ކޮންމިޝަނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި ޕްރޮސެކއިުޓަރ ޖެނެރަލް އޮފީސް ހިމެނޭހެން 44 މުވައްޒަފުން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!