ދެ އަނބިންނާއެކު ގްރޫޕްކޮށް ކާފަރު ކުޅުން ހުއްދަވެގެން ނުވޭ: ޑރ. އިޔާޒް
ދެންމެ | 16 އޮކްޓޯބަރ 2022

ދެ އަނބިންނާއެކު ގްރޫޕްކޮށް ރޭކުރުން ހުއްދަވެގެން ނުވާކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުންނެވެ.

ސުވާލުކުރި ފަރާތުން އަހާފައިވަނީ މަހަކު އެއް ފަހަރު ދެ އަނބިން އެކުގައި ރޭކުރަން ބޭނުންވާކަމަށާއި އަދި ކައިވެނި ކޮށްފައި އޮތީމާ އެގޮތަށް ދެ އަނބިންނާއެކު ރޭ ކުރެވޭނެ ނޫންތޯ ސުވާލުކޮށްފައިވެއެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ފިރިމީހާގެ ދެ އަނބިން ކަމުގައި ވީ ނަމަވެސް އެ ދެ އަނބިން އެއީ ހިލޭ ދެމީހުން ކަމަށެވެ.

“ވީމާ ރޭ ކުރަންވާނީ ފަހަރަކު އަތްނބަކާއެކުގައެވެ، ގްރޫޕްކޮށް ކުރުން ހުއްދަ ވެގެން ނުވެއެވެ” ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވެފައިވަނީ އެކަކާއި އެކު ކުރާ ކަންތައް އަނެކަކަށް އެނގިގެންވެސް ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!