ތައުލީމަކީ ވަކި ތަނަކުން ލިބޭ ސެޓްފިކެޓެއް ނޫން، އިންސާނާގެ ހަޔާތަށް ވުރެ މޮޅު ތައުލީމެއް ނެތް: ގާސިމް
ދެންމެ | 30 އޯގަސްޓް 2023
ޤާސިމުގެ ކިބައިގައި ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ރައްދުދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދޅުވެފައިވަނީ، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ،  ބައެއް މީހުން ތައުލީމެއްނެތޭ ބުންޏެއްކަމަކު އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވާ ކަމަށެވެ. އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވަނީ ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ކިބައިގައި ތަޢުލީމީ ޤާބިލުކަން ހުރިކަމަށް އެ ވިދާޅުވަނީ، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވޯލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެމަނިކުފާނަށް އަރުވާފައިވާތީއާއި، މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެއްޓެވީމަ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!