އަނެއްކާ ވެސް ލ. ފޮނަދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ
ދެންމެ | 20 އޮކްޓޯބަރ 2022

އަނެއްކާ ވެސް ލ. ފޮނަދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ފޮނަދޫއިން ފެނަކަ ފޭސްބުކު ޕޭޖްގައި ބުނެފައިވަނީ މިއަދު ހެދުނު 9 ޖެހި އިރުން ފެށިގެން ފޮނަދޫ ބޮޑު ބަޔަކުން ފެނުނުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މައްސަލައެއް ދިމާވެ ފެނުގެ ހިދުމަތް ކަނޑާލިކަން އިއުލާންކޮށްފައި ވީނަމަވެސް ފެން ލިބޭނެ ވަގުތެއް ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި ވެއެވެ.

މީގެ ކުރިންވެސް އެރަށުން ދޭތެރެދޭތެރެއިން ފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އެބަހުއްްޓެވެ. އެގޮތުން  މިމަހު ކުރީ ކޮޅުގައި ވެސް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެރަށުން 10 ގަޑިއިރަށް ފެނުގެ ހިދުމަތް މެދުކެނޑުނެވެ.

އަދި ފެނަކައިން ކަރަންޓު ދިނުމަށް އެރަށުގައި ބޭނުންކުރަމުންދާ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން މިދިޔަ އޮގަސްޓު މަސްތެރޭ ކަރަންޓްގެ ހިދުމަތްވެސް މެދު ކެނޑިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!