ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތައާރަފުކޮށްފި
ދެންމެ | 20 އޮކްޓޯބަރ 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތައާރަފުކޮށްފި އެވެ.

އެ ކޯހަކީ މޯލްޑިވްސް ސުޕާ ޓްރާންސްފާ ސާވިސް (އެމްއެސްޓީއެސް) އާއި ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން (ބީޑަބްލިއުއެސްޑަބްލިއު) އާއި ގުޅިގެން ތައާރަފު ކުރި ކޯހެކެވެ. އެ ކޯސް ތައާރަފު ކޮށް ދެއްވީ ސީސީއާރުގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

އެމްއެސްޓީއެސްއިން ބުނީ އެ ކޯހުގެ މަގުސަދަކީ ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާގައި އުޅޭ ޒުވާނުންނަށް ޓޯވް ސްޕޯޓްސް ދަސްކޮށްދިނުން ކަމަށެވެ. އަދި އެ ކުޅިވަރާ ގުޅޭ ސަލާމަތީ ކަންތައްތައް ދަސްކޮށްދިނުމާއި، އެ ކުޅިވަރުގެ ސޭފްޓީ ސްޓޭންޑާޑްތައް ދަސްކޮށްދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްއެސްޓޯއެސްގެ އިސްވެރިޔާ މަސީހު އިމާދު ވިދާޅުވީ އެ ކޯހުގެ ސަބަބުން ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާގައި އުޅޭ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި ގިނަ ޒުވާނުންތަކެއް އެ ދާއިރާއަށް ވަނުމަށް ޝައުގުވެރި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެމްއެސްޓޯއެސްއިން ބުނީ އެ ކޯސް ކޮންމެ އަހަރަކު ވެސް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެމްއެސްޓީއެސް އާއި ބީޑަބްލިއުއެސްޑަބްލިއު އާއި ސީއާރު ރިސޯޓުގެ އިސްވެރިން. އެ ކޯސް ތައާރަފް ކުރީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި. ފޮޓޯ: އެމްއެސްޓީއެސް

އެމްއެސްޓީއެސް އަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވޯޓާ ސްޕޯޓްސް ހިންގަމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ވީޑީޑަބްލިއުއެސް އާއި ޕެޑީގެ އެކްރެޑިޓޭޝަން ހޯދާފައިވާ ކުުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!