ޅިޔަނު ދިފާއުގައި މޫކޭ ފޫގަޅައި އަރުވާ ޖަހާފައި ނިކުމެއްޖެ
ދެންމެ | 05 ޖުލައި 2023

އާރްޑީސީގެ ސީއެފްއޯ ޔާސިރު ހަސަން އާ ގުޅޭ މައްސަލަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ދިފާއުކޮށްފި އެވެ.

މޫކޭ ވިދާޅުވީ، އާރްޑީސީގެ އެކައުންޓަކާ ގުޅިގެން ނުވަތަ މުވައްޒަފެއްގެ އެކައުންޓަކަށް ޖަމާވި ފައިސާއަކާ ގުޅިގެން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ހުށަހެޅި މައްސަލައެއް ފުލުހުން ބަލާކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް އުޅޭ ކަން ފުލުހުން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްއެމްޢޭގެ އެފްއައިޔޫއިން ފުލުހުންނަށް ހުށަހަޅައިގެން ބަލާނީ، މަނީ ލޯންޑްރީއާ ގުޅޭ މައްސަލަތަކެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނީގެ އެއްވެސް އެކައުންޓެއް މެދުވެރިކޮށް ގޯސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފުލުހުން އިއްޔެ ވަނީ އެފްއައިޔޫއިން ހުށަހެޅި އާރްޑީސީއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

”މިހާރު“ އަށް އެނގިފައިވާ ގޮތުގައި ފުލުހުން ބަލަނީ އާރްޑީސީގެ ސީއެފްއޯ ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެކެވެ. ޔާސިރަކީ މޫކޭގެ ކޮއްކޮއަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެކެވެ.

ޔާސިރުގެ އިތުރުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކާ ގުޅޭ މައްސަލައެއް ވެސް ނޫޅޭނެ ކަމަށް މޫކޭ ވިދާޅުވި އެވެ. އަދި 13 މިލިއަން ރުފިޔާގެ މައްސަލައެއް ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”އެއްވެސް އަމިއްލަ އެކައުންޓަކާ ގުޅިގެން ވެސް ނޯންނާނެ މައްސަލައެއް. މިއީ ހަމަ ބުހުތާނެ ވާހަކައެއް. ބަލާ ފަރާތަކުން މި މައްސަލަ ބަލަންވީ. އާރްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އަމިއްލަ އެކައުންޓަކަށް ވިޔަސް އެހެން ގޮތަކުން ވިޔަސް ވައްކަން ކޮށްގެން ފައިސާތަކެއް އާރްޑީސީއަކަށް ޖަމައެއް ނުކުރާނެ،“ އޭނާ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ، އެފަދަ މައްސަލައަކާ ގުޅިގެން ފުލުހުން މިހާތަނަށް އާރްޑީސީން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވާފައި ނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!