ހުޅުމާލޭގައި އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭ ސްޓެޝަންތަކެއް ގާއިމްކުރަން އެޗްޑީސީން ނިންމައިފި
ދެންމެ | 21 އޮކްޓޯބަރ 2022

އެޗްޑީސީން މިހާރު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލޭގައި އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭ 4 ޗާޖިން ސްޓޭޝަން ގާއިމްކުރުމަށެވެ. އަދި ފުރަތަމަ މި މަސައްކަތް ކުރިއަށްގެންދާނީ އަޖުމަ ބެލުމުގެ ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށް އެޗްޑީސީން ބުނެއެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ހޮވޭ ފަރާތުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ކުރާގޮތަށެވެ. އަދި އެ ސްޓޭޝަންތަކުން ހުރިހާ ވައްތަރެއްގެ އުޅަނދުތައްވެސް ޗާޖު ކުރެވެންޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 1 ވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެޗްޑީސީއަށް ހުށަހަޅަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!