ފޯޅަވެހި މައްސަލައި ގައި ގައުމުން ބައެއް ވިއްކާލާތީ، އަސްކަރިއްޔާއިން ރައީސަށް ފިޔަވަޅު އަޅަން ތޯރިގް ގޮވާލައިފި
ދެންމެ | 23 އޮކްޓޯބަރ 2022

ގައުމުގެ ބައެއް ވިއްކާލައި ގައުމަށް ގައްދާރުވެފައިވާތީ, ރައީސް ސޯލިހް އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފި އެވެ.

ތޯރިގް ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހި އަސްކަރިއްޔާއަކީ މި ދިވެހިވަތަން ހިމާޔަތް ކުރުމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި މީހަކަށް ގައުމަށް ގައްދާރުވެވޭނީ މިވަރަށް ކަމަށެވެ.

ތޯރިގް ވިދާޅުވީ މިކަމުގައި ސަރުކާރުގެ މަސްހޫލުވެރިން ޒިންމާ ވާން ޖެހޭނެ ކަމަށެވެ.

މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވާކަން ރިއްފަތު ހާމަކުރެއްވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، މޮރިޝަސްގެ ސިޔާދަތުގެ ދަށުގައިވާ ކަމަށް އެ ގައުމާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ޗާގޯސް އާކިޕެލެގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019ގައި ހުށަހެޅި މައްސަލައެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!